ސްޓެލްކޯ

ޝުކޫރު ވަކިކޮށް ސްޓެލްކޯގެ އެމްޑީ ކަމަށް ޒުހޫރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަބްދުއްޝަކޫރު ވަކިކޮށް އެ މާގާމަށް ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި މިހާތަނަށް ހުންނެވި އަހުމަދު ޒުހޫރު އައްޔަން ކުރައްވައިފި އެވެ. ޒުހޫރު އެ މަގާމަށް ލެއްވީ ވަޒީރެއްގެ ފެންވަރުގަ އެވެ.

މި ސަރުކާރުގައި ޒުހޫރު ވަޖީ ކަސްޓަމްސްގެ ކޮމިޝަނާ ކަމާއި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. ރައީސުލްޖުމް ހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމަށް އޭނާ ބަދަލު ކުރެއްވީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ވެސް ދުވަސްކޮޅަކު ހުންނެވުމަށް ފަހު އެވެ. މީގެ އިތުރުން އިކްނޮމިކް ކައުންސިލްގެ ޗެއާއަކީ ވެސް ޒުހޫރެވެ.