ރޯދަ މަސް

ތައިމް އިން ރޯދަ ވީއްލާ ގަޑިއަށް ހާއްސަ ދޮންރިހައެއް!

Jun 5, 2017
1

ސޯޝަލް މީޑިޔާގެ ތެރެއަށް ކާތަކެތީގެ އެންމެ "މީރު" ފޮޓޯތައް ވައްދައި ދައުރު ކުރުވާ އެއް ތަނަށް މި ތަން ވާނެ އެވެ. ރެސްޓޯރެންޓު ކުޑަ ނަމަވެސް މިތަނާގެ ކެއުންތައް ކުޑައެއް ނުވާނެ އެވެ. ރަހަށް ވެސް ވަރަށް މީރީ އެވެ. މި މީރު ކަމުގައި ތައިމް މިވަނީ ރޯދަ މަހުގެ މެނޫއާއެކުވެސް ނުކުމެފަ އެވެ. ތައިމް އިން ނެރުނީ ރޯދަ މަހަށް ހާއްސަ މެނޫތަކެކެވެ.

ތައިމްގެ ރޯދަ މެނޫވެސް ވަނީ ހަފުތާއަށް ބަހާލާފަ އެވެ. މެނޫގައި ތަފާތު އެކި ރަހަތައް ހިމަނާފައިވެ އެވެ. ހިމެނޭ ރަހަތަކުގެ ތެރޭގައި ގްރިލް ޗިކަން ސޭންޑްވިޗާއި ޓޫނާ ކަޓްލަސް އަދި ކްރިސްޕީ ފްރައިޑް ކިޗަން ހިމެނެ އެވެ.

މި ރެސްޓޯރެންޓުގެ މެނޫތައް މީރު ކޮށްދީފައިވަނީ ހާއްސަ ސެލެޑުގެ ބާވަތްތަކުންނެވެ. މިގޮތުން ތަފާތު މިކްސް ސެލެޑުތައް ހިމެނެ އެވެ. އަދި މިވަރުން ފުދުނީއެއް ނޫނެވެ.

ތައިމް ރެސްޓޯރެންޓް މެނޫގެ މެއިން ޑިޝް ވަރަށް ހާއްސަ އެވެ. އެއީ "ތައިމް ސްޕެޝަލް ދޮން ރިހަ" އެވެ. މީގެ އިތުރުން ކުކުޅު ރިހަވެސް ހިމެނެ އެވެ. މި ބާވަތާއެކު މޮޑެލައިގެން ނޫނީ ޖައްސައިގެން ކެއުމަށް ރޮށި ނުވަނަ ބަތް ހިޔާރު ކުރެވިދާނެ އެވެ.

ދެން އޮތީ މެނޫގައި ހިމެނޭ ފޮނި އެއްޗިހީގެ ވާހަކަ އެވެ. މި ބައި ހާއްސަ ވަނީ "ތައިމްގެ ހާއްސަ އޯރިއޯ ވެނީލާ އައިސް ކްރީމް އެވެ.

ކޮންމެއަކަސް ރޯދަ މަހު ރޯދަ ވީއްލަންތަނެއް ހިޔާރު ކުރާއިރު، ތައިމް މިއީ އެންމެ ރަނގަޅު އެއް ތަނޭ ބުނެވިދާނެ އެވެ. އެކަން މި ފޮޓޯއިންވެސް އެނގޭނެ އެވެ.