ޕްރިންސް ހެރީ އަކީ ޕްރިންސެސް ޑަޔާނާ އާ އެއްގޮތް މިޒާޖެއްގެ ބޭފުޅެއް ކަމަށް ގިނަ މީހުން ބުނަނީ އެބޭފުޅާގެ ހިތްތިރި ކަމާއި ޗެރިޓީ މަސައްކަތްތަކުގައި އުޅުއްވާލެއް ގިނަ ކަމުންނެވެ. އަނެއްކާވެސް ޕްރިންސް ހެރީ މިވަނީ ގިނަބައެއްގެ ސަމާލުކަން ލިބޭ ފަދަ ކަމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މުސްލިމުންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންނެވީ އެވެ.
ޕްރިންސް ހެރީ ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފަވަނީ މިހާރު ސިންގަޕޫރު އަދި އޮސްޓްރޭލިއާއށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ މުސްލިމުން ތަކަކާއި އެކީގަ އެވެ. ސިންގަޕޫރުގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔާ ސިންގަޕޯ ބޭއްވި ހާއްސަ ރޯދަ ވީއްލުމެއްގައި ޕްރިންސް ހެރީ އާ އެކު 80 ޒުވާނުން ބައިވެރިވި އެވެ. އެ ރޯދަ ވީއްލުން ކުރިއަށް ގެންގޮސްފައިވަނީ ސިންގަޕޫރުގެ ސަގާފީ ރޯދަ ވީއްލުމެއްގެ ގޮތުގަ އެވެ.
މި ރޯދަ ވީއްލުމުގައި ލަންޑަނަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އެ ޖަމިއްޔާއިން ވަނީ ތައުޒިޔާ ކިޔާފަ އެވެ.
ސިންގަޕޫރާއި އޮސްޓްރޭލިއާއަށް ހެރީ މިހާރު ކުރައްވާ ދަތުރުފުޅަކީ އެއިޑްސް ޗެރިޓީ ރިސެޕްޝަން އެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުުރުފުޅެކެވެ.