ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

Jun 8, 2017

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކޮށްފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސްއާއި ޕާޓްނަރުނާއި ސްޕޮންސަރުންގެ އިސް ފަރާތުންނެވެ.

މި އެވޯޑުގެ ޕްލެޓިނަމް ޕާޓްނަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އަދި ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ހިމެނެނީ އެލިއާ އިންވެސްޓްމެންޓެވެ. އަދި ސިލްވާ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އެމްޓީސީސީ އާއި އަނަންތާރާ ރިސޯޓާއި އެލައިޑް އިންޝުރެންސް އެވެ. އޮފިޝަލް ހޮސްޓް ޕާޓްނަރަކީ އަދާރަން ހުދުރަންފުށި ރިސޯޓެވެ. އަދި ޕްރިންޓިން ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ ޕްރިންޓް ލެބެވެ. މީގެ އިތުރުން އޮފިޝަލް ޕްރިމިއަމް ޓްރެވަލް މީޑިއާ ޕާޓްނަރަކީ މޯލްޑިވްސް ނެޓް އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ މި އެވޯޑަކީ ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ އެވޯޑެކެވެ.