ދުނިޔެ

ސެމްސަން އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކުރީގެ މިނިސްޓަރަކު ޖަލަށް

Jun 8, 2017
1

ދެކުނުގެ ކޮރެއާގެ ވަރުގަދަ ކޮންގްލޮމަރޭޓް 'ސެމްސަން' އާ ގުޅިފައިވާ ދެކުންފުންޏެއް ގުޅުވައިލުމުގެ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ކުށް ސާބިތުވެގެން ދެކުނު ކޮރެއާގެ ކުރީގެ ހެލްތު މިނިސްޓަރު މޫން ހިޔުން ޕްޔޯ ދެ އަހަރާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލައިފިއެވެ.

އޭނާ ޖަލަށް ލުމަށް ކުރި ހުކުމަކީ ދެކުނުގެ ކޮރެއާގެ ކުރީގެ ރައީސް ޕާކް ގޫން ހައި ވެރިކަމުން އަޒުލް ކުރަން މެދުވެރިވި ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން ކުރި ފުރަތަމަ ހުކުމެވެ. ޕާކް ރައީސްކަމުން އަޒުލް ކުރުމަށް މެދުވެރިވި ހިޔާނާތުގެ މައްސަލަ ތަކުގައި ގިނަ ބައެއްގެ މައްޗަށް ދައުވާތައް ވަނީ އުފުލާފައެވެ. ސެމްސަންގެ އިސްް ވެރިއަކު ވެސް އެމައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ.

ސެމްސަންގެ އެފިލިއޭޓް ދެކުންފުނި ކަމަށްވާ ސެމްސަން ސީ އެންޑް ޓީ އާއި ޝީލިން އިންޑަސްޓްރީސް 2015 ވަނަ އަހަރު އެއްކޮށްލި އިރު އެ ދެކުންފުނީގައި ވެސް ދެކުނު ކޮރެއާގެ ނެޝަނަލް ޕެންސަން ސާވިސަސް ( އެންޕީއެސް) ގެ ބޮޑު ހިއްސާއެއް އޮތެވެ. މޫން ގެ މައްޗަށް ސާބިތުވީ އެދެކުންފުނި އެއްކޮށްލުމުގެ އަށް ބިލިޔަން ޑޮލަރުގެ މުއާމަލާތަށް އާނބަސް ބުނުމުގެ ވޯޓެއް ދިނުމަށް އެންޕީއެސްއަށް ބާރު އެޅުމަށް މަގާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ކުށެވެ.

އެންޕީއެސްގެ ޗެއާމަނަކަށް ވެސް ފަހުން ވެވަޑައިގެންނެވީ އޭނާއެވެ.