ހަބަރު

އަލްގީން އެނާޖީ މިިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފި

Jun 11, 2017

ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި މިހާތަނަށް ހުންނެވި މއ. ކާމިނީހުޅަގުގޭ، އަބްދުﷲ އަލްގީން މޯލްޑިވްސް އިމިގްރޭޝަންގެ އެ މަގާމުން ވަކިކުރައްވައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް، މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،‏ އައްޔަން ކުރައްވައިފި އެވެ.

އަލްގީން ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުން ވަކިކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެނާ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލު ކުރެއްވި އިރު އޭނާއަކީ ތިމާވެށީގެ ދާއިރާއިން ތައުލީމް ހޯއްދަވާފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން މޫސުމާބެހޭ މައި އިދާރާ މީޓީއޮރިލޮޖީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް ބަދަލު ކުރެއްވި އިރު އޭނާގެ ބޭބެ އަބްދުﷲ މަޖީދު ހުންނަވަނީ އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

އެ ދެ ބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމީނާ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.