ކުޅިވަރު

ޓެކްސް މަކަރު ހެދިކަމުގެ ތުހުމަތު ރޮނާލްޑޯ ދޮގު ކޮށްފި

Jun 15, 2017

ސްޕެއިންގެ ޓެކްސް އިދާރާއިމް، ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ތުހުމަތުކޮށްފައިވާ ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުތަކުން ބަރީއަވާ ކަމަށް، ރޮނާލްޑޯ ބުނެފި އެވެ.

ސްޕެއިންގެ ޕްރޮސިކއްުޓާ އޮފީހުން ބުނެފައި ވަނީ، ރޮނާލްޑޯގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ދެހާސް އެގާރަ ވަނަ އަހަރުން 2014 ވަނަ އަހަރަށް 14.7 މިލިއަން ޔޫރޯ (253 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ) ގެ ޓެކެސް ދެއްކުމުގައި މަކަހަރު ހަދާފައިވަ ކަމުގެ ތުހުމަތު ރޮނާލްޑޯގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާންމުދަނީ އެއް ލިބޭ ކުޅުންތެރިޔާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ޓެކްސް ދެއްކުމުގައި ރޮނާލްޑޯގެ ފަރާތުން އެއްވެސް ކަމެއް އޮޅުވާލަން މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

"ވަރަށް ސާފް ފުޓްބޯޅަ ކުޅުންތެރިޔާ ޓެކްސްއަށް މަކަރު ހަދާފައި ނުވާނެ." ރޮނާލްޑޯގެ ޖަސްޓިފިއުޓް މެނޭޖެމެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

ޓެކްސް އަށް މަކަރު ހެދުމުގައި، ރޮނާލްޑޯގެ ވިޔަފާރީގެ އޮނިގަނޑުތައްވެސް އޭނާ ހާމަ ނުކުރާ ކަމުގެ ތުހުމަތުތައްވެސް ރޮނާލްޑޯގެ މައްޗަށް އެބައޮތެވެ.

ރޮނާލްޑޯގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ، ފަސް އަހަރުގެ ޖަލު ހުމުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ސްޕެއިންގެ ފިނޭސް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވެފައިވާ ކަމަށް ބުނެ، ސްޕެއިންގެ ކުޅިވަރު ނޫސް މާސާގައި ބުނެފައި ވަނީ، ޓެކްސް އަށް މަކަރު ހަދާ ކޮންމެ ދެ އަހަރަކަށް، ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އެހެންވެ، ޓެކްސް ދެއްކުމުގައި އިހްމާލުވި، ތިން އަހަރު ކަމަށް ވުމުން، ކޯޓުގައި އެކުށް ސާބަިތު ވެއްޖެނަމަ، ރޮނާލްޑޯއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މާސާ ގައި ރިޕޯޓް ކޮށްފައި ވެއެވެ.

އަދި، ޓެކްސްގެ ގޮތުގައި، ދައްކަން ޖެހޭ، ފައިސާ ދައްކައިފިނަމަ، ޖަލު ހުކުމުގެ މުއްދަތު 15 މަހަށް ކުޑަ ކުރުމުގެ އިހްތިޔާރު ކޯޓަށް އޮވެ އެވެ.

ވާދަވެރި، ބާސެލޯނާގެ ލިއޮނަލް މެސީއަށް ވެސް، ވަނީ، ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި 21 މަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އަދި ސްޕެއިންގެ ދަށު ކޯޓުން ކޯށްފައިވާ އެ ހުކުމް ހައިކޯޓުން ވަނީ ދާދިފަހުން، ދަމަހައްޓާފަ އެވެ. ހުކުމް ކުރިނަމަވެސް، ޖަލުހުކުމް ތަންފީޒު ކުރުން މާފު ދީފައި ވަނީ، ފުރަތަމަ ފަހަރު ކަމަށް ވުމުން ނެވެ.

ބެލެވޭ ގޮތުގައި ރޮނާލްޑޯގެ މައްޗަށް، ހުކުމް ކުރިޔަސް، ފުރަތަމަ ފަހަރު ކަމަށް ވުމުން އޭނާއަށްވެސް ޖަލު ހުކުމް ތަންފފީޒު ކުރުމުގެ މަރުހަލާގައި މާފް ދޭނެ އެވެ. ސްޕެނިޝް ޓެކްސް އެތޯރިޓީން، މިހާރު ދަނީ. ރޮނާލްޑޯގެ މައްސަލަ ތަހްގީގު ކުރަމުން ނެވެ.