ހަބަރު

މާލޭގެ ބޮޑު ބަޔަކުން މިއަދުވެސް ކަރަންޓް ގޮސްފި

Jun 15, 2017
1

މިއަދު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ބައިގަޑިއެއްހާއިރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ މިއަދު ހެނދުނު ކަރަންޓް ކެނޑުނީ އިންޖީނުގޭގެ ކޭބަލް އަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. މިއަދު ކަރަންޓް ގޮސްފައި ވަނީ ގާތްގަނޑަކަށް 9:00 ޖަހާއެހާކަންހާއިރު އެވެ. ކަރަންޓް އައީ 9:30 އެހާކަންހާއިރު އެވެ.

ސްޓެލްކޯއިން އަންނަނީ 8.9 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރެއް ބަހައްޓައި ޓެސްޓް ކުރަމުންނެވެ. އަދި އެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަރުހަލާގައި ކަރަންޓް ދިިޔުން އެކަށީގެންވާ ކަމަށް ސްޓްެލްކޯ އިން މީގެ ކުރިން ވެސް ބުނެފައިވެ އެވެ.

މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު ރޯދަ މަހާ ދިމާކޮށް ކަރަންޓް ބޭނުން ކުރާ މިންވަރު އަނެއްކާ ވެސް އިތުރު ވާނެ އެވެ. އެހެން ކަމުން ކަރަންޓް ބޭނުން ކުރުމުގައި އިސްރާފު ކުޑަވާނެ ގޮތަކަށް އެކަން ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެ އެވެ.