ހަބަރު

މާލޭގެ ތިން ސަރަހައްދަކުން ފޭރުނު ދެ މީހަކު ހައްޔަރު ކޮށްފި

މާލޭގެ ތިން ސަރަަހައްދަކުން މިއަދު ހެނދުނު ފޭރުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު މާލޭގެ ތިން ސަރަހައްދަކުން ފޭރުނު ކަމުގެ ތުހުމަތުގައި އުމުރުން 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެމީހުން ބަލާ ފާސްކުރުމުން ފޭރުނު ތަކެތި އެމީހުން އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޯދަމަހާއި ދިމާކޮށް މާލޭގެ އެކި ސަރަހައްދު ތަކުން ވައްކަމާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް ރޯދަ މަހުގެ ހެނދުނު ގެ ވަގުތުގައި ފޭރުމުގެ މައްސަލަ ވަރަށް ގިނަ އެވެ. އެ މައްސަލަތައް ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.