ދުނިޔެ

އެމެރިކާގެ މަނަވަރަކާއި ފިލިޕީންސްގެ އާގުބޯޓެއް ޖެހި، ހަތް މީހުން ގެއްލިއްޖެ

Jun 17, 2017
1

ޖަޕާނުގެ ބާރު ބޮޑު ކަނޑު އޮޅިއެއްގައި އެމެރިކާގެ މަނަވަރަކާއި ފިލިޕީންސްގެ އާގުބޯޓެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި އެމެރިކާ ސިފައިންގެ ހަތް މީހަކު ގެއްލި، ތިން މީހަކު ޒަހަމްވެެއްޖެއެވެ.

އެމެރިކާ ނޭވީއާ ހަވާލާދީ ރޮއިޓާސް ބުނީ ޔޫއެސްއެސް ފިޒް ގެެރަލްޑް ނަމަކަށް ކިޔާ ގައިޑެޑް މިސައިލް ޑެސްޓްރޯޔާ މުދާ އުފުލާ ބޯޓެއްގައި ޖެހުނީ ޖަޕާނުގެ ޔޮކޮސޫކާ ނަމަކަށް ކިޔާ ރަށުގެ ހުޅަނގު ދެކުނުން 56 މޭލު ދުރުގައި، ޖަޕާނު ގަޑިގެން މެންދަމުން އަލިވެ 2.30 އެހާއިރު ކަމަށެވެ.

ހާދިސާގައި އެމެރިކާ މަނަވަރަށް ބޮޑެތި ގެއްލުންތައް ލިބި ދިޔަވަމުން ދާއިރު އާގުބޯޓަށް މާބޮޑު ކަމެއް ނުވެއެވެ. ޖަޕާނުގެ ނިޕޮން ޔޫސެން ކޭކޭ ނަމަކަށް ކިޔާ ކުންފުނިން ބުނީ އެކުންފުނިން ޗާޓަރު ކޮށްފައިވާ އޭއެސް އެކްސް ކްރިސްޓަލް ނަމަކަށް ކިޔާ އާގުބޯޓާއި އެމެރިކާގެ މަނަވަރު ޖެހުނު ހާދިސާ ތަހުގީގު ކުރަން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު، 29000 ޓަނުގެ މުދާ އުފުލޭ އެބޯޓް ދަތުކުރުމަނުން ދިޔައީ ނަގޯޔާއިން ޓޯކްޔޯއަށް 1080 ކޮންޓެއިނާ ހިފައިގެންނެވެ. އެބޯޓަކީ ހާދިސާގައި ގެއްލުން ލިބުނު މަނަވަރަށް ވުރެ ތިން ގުނަ ބޮޑު ބޯޓެކެވެ.

ނިޕޮން ޔޫސެން އިން ބުނީ ބޯޓްގައި ތިބި 20 މީހުންނަކީ ވެސް ފިލިޕީންސް މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.