ހަބަރު

އިހަވަންދޫގެ މަރާ ގުޅިގެން އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފި

Jun 17, 2017
1

އިހަވަންދޫ އައިސްޕްލާންޓްގައި މީހަކު މަރާލާފައި އޮތް މައްސަލައިގައި އިތުރު ހަތަރު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިއްޔެ ވެސް ވަނީ އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އެހެން ކަމުން އެ މައްސަލައިގެ ތުހުމަތުގައި ޖުމްލަ ފަސް މީހަކު މި ވަނީ މިހާތަނަށް ހައްޔަރުކޮށްފަ އެވެ.

އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އެތަނުގައި މަސައްކަތް ކުރާ 54 އަހަރުގެ ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނީ އިއްޔެ ހަވީރު 4:30 އެހާކަންހާއިރު އެވެ. އެވަގުތުން ފެށިގެން ފުލުހުންގެ ޓީމަކުން އަންނަނީ އެ ސަރަހައްދު ބަންދުކޮށް މައްސަލަ ތަހުގީގު ކުރަމުން އެވެ.