ވިޔަފާރި

އެއާއޭޝިއާ ބެންކޮކް-މާލެ ޓިކެޓު 350 ޑޮލަރަށް!

Jun 17, 2017
3

ތައިލެންޑްގެ ބެންކޮކާއި މާލެއާ ދެމެދު ދަތުރުތައް ފަށާފައިވާ ތައި އެއާ އޭޝިއާއިން ބެންކޮކް- މާލެ ދެކޮޅު ޓިކެޓު ގާތްގަނޑަކަށް 350 ޑޮލަރު (ގާތްގަނޑަކަށް 5،397ރ.) އަށް ވިއްކަން ފައިފި އެވެ.

ތައި އެއާއޭޝިއާގެ ރާއްޖޭގެ އެޖެންޓް އޯލްއެޗް މޯލްޑިވްސް އިން ބުނި ގޮތުގައި ބެންކޮކާއި މާލެއާ ދެމެދު ދަތުރު ފެށުމާ ގުޅުވައިގެން މިހާރު ކުރިއަށްދާ ޕްރޮމޯޝަންގައި މި މަހުގެ 25 ގެ ނިޔަލަށް ޓިކެޓު ނެގުމުން ދަތުރު ކުރަން އެއް އަހަރު ދުވަސް ލިބޭނެ އެވެ.

މާލެ- ބެންކޮކަށް އެއާ އޭޝިއާ އިން ސީދާ ކުރަމުން ގެންދާ މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ 180 ގޮޑީގެ އެއާބަސް A320 މަރުކާގެ މަތިންދާ ބޯޓެކެވެ. މި އެއާލައިނުން ދަތުރު ކުރާ މީހުންނަށް ބެގޭޖު އެލަވެންސްގެ ގޮތުގައި 30 ކިލޯ ލިބޭނެ އެވެ.

ބެންކޮކަށް އެއާ އޭޝިއާ އިން ފެށި ދަތުރުތަކާއެކު ތައިލެންޑާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ތިނަކަށް ވަނީ އަރާފަ އެވެ. ނަމަވެސް އެހެން އެއާލައިންތަކުން ޓިކެޓުގެ އަގުތައް އުޅެނީ 450 ޑޮލަރާއި 550 ޑޮލަރާ ދެމެދުގަ އެވެ.