ހަބަރު

ފުވައްމުލަކު އެކްސިޑެންޓްގައި ސީރިއަސްވި މީހާ މާލެ ގެނެވޭ ގޮތެއް ނުވި

ޏ. ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސިރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަގުމަތީގައި ހާލު ގޯސްވެ ފްލައިޓް އަނބުރާ ފުވައްްމުލަކްގައި ޖައްސައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ އަނިޔާވި މީހާ ގޮވައިގެން ފްލައިޓް ފުރި ފަހުން އެމީހާގެ ހާލު އިތުރަށް ސީރިއަސްވެ ފްލައިޓް އަނބުރާ ފުވައްމުލަކު އެއާޕޯޓްގައި އަލުން ޖައްސާފައިވާ ކަމަށެވެ. އަދި އެ މީހާ ސީ އެންބިއުލާންސްގައި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަސް ގެންދިއުމަށް ފުރާފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ރޭ 10:30 އެހާއިރު ފުވައްމުލަކްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ސީރިއަސް އަނިޔާ ލިބުނު މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެެވެ.

އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މިދިޔަ ހަފްތާގައި ވަނީ މީހަކު މަރުވެފަ އެވެ.