ޕްރޯޓޫލްސް ޕްރައިވެޓް ލިމިޓެޑް ގެ ފުރަތަމަ ފިހާރަ، ޑެއިން ހައުޒް ރޭ ހުޅުވައިފި އެވެ.
ައަލިކިލޭފާނު މަގުގައި ހުންނަ ޑެއިން ހައުޒް ފިހާރަ ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އެވެ. އެ ޝޯރޫމުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް ތައް ކަމަށްވާ ޑެއިވޫ އިލެކްޓްރޯނިކްސް އާއި ހިޓާޗީ ޕަވަ ޓޫލްސް ގެ އައިޓަމްސްތައް ލިބިގެންދާނެ އެވެ. އަދި އެލްޖީ އެއާ ކޮންޑިޝަނާއި ފިލިޕްސް ބަދިގެ ސާމާނުގެ އިތުރުން ޑޮމެސްޓިކް އެޕްލައަންސް ވެސް ލިބޭނެ އެވެ.
މި ރަސްމިއްޔާތުގައި ޕްރޯޓޫލްސް ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު ވިދާޅުވީ ދުނިޔެ ގަބޫލުކުރާ ފަދަ ބޮޑެތި ޕްރޮޑަކްޓް ތައް ލުއި ފަސޭހަ ގޮތެއްގައި ލިބިގެންދާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އާފްޓާ ސޭލް ސާވިސްގެ ހިދުމަތް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމާއި ޒުވާނުންނަށް ކަމުދާ ކަހަލަ ފަހުގެ ޕްރޮޑަކްޓް ތައް ލިބިގެންދާނެ މަގު ފަހިކޮށް ދިނުން ކަމަށް ނަޖާހު ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވީ އިތުރު ހަރަކާތްތަކާއި އިތުރު ޕްރޮޑަކްޓްތައް އަވަސް މުސްތަގުބަލެއްގައި ލިިބިގެންދާނެ ކަމަށާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނާންސް ފެސިލިޓީ އާއި އެމްއެފްއެލްސީ އަދި ބޭންކް އޮފް މޯލްޑިވްސްގެ އީޒީ ޕޭގެ ހިދުމަތްވެސް ވަރަށް އަވަހަށް ދެވިގެންދާނެ ކަމަށެވެ.
"ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެކިކެޓަގަރީގެ އާފްޓާ ސޭލް ސާވިސްގެ ހިދުމަތް ދެވިގެންދާނެ. އޭގެ ތެރޭގައި ޕަވާ ޓޫލްސް އަށް ހަ މަސްދުވަހުގެ ވޮރެންޓީ އަދި ޑޭވޫ ގިނަ އައިޓަމްސް ތަކަށް 12 މަސްދުވަހުގެ ވޮރެންޓީ ލިބޭނެ" ނަޖާހު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ކޮންމެ ހަފްތާ އަކު އިނާމެއް ލިބިގެންދާ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މި މަހު 22ން އަންނަ މަހު 22 ހަށެވެ.