ހަބަރު

ގުރައިދޫ ގޮނޑުދޮށަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ލައްގައިފި

ކ ގުރައިދޫ ގޮނޑުދޮށަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ލައްގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:17 ހާއިރު ގުރައިދޫ އިރުމަތީ ފަރާތުގެ ގޮނޑުދޮށަށް މަސްތުވާތަކެތި ލައްގާފައި ހުރެގެން އާންމު ފަރާތްތަކުން ފުލުހަށް އަންގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ބަލައިފާސް ކުރި އިރު މަސްތުވާތަކެތި ހުރި 391 ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް މީހަކުވެސް ހައްޔަރުކޮށްފައެއް ނުވެ އެވެ.