ހަބަރު

ޓްރެފިކް ޖޫރިމަނާ މީރާ ވެބްސައިޓުން ދެއްކޭ ގޮތް ހަދައިފި

Jun 24, 2017
1

މީރާ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާތައް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި ތައާރަފުކޮށްފި އެވެ.

"ވާރުޕޭ" ގެ ނަމުގައި މިއަދު ތައާރަފުކުރި މި ޚިދުމަތަކީ ޓްރެފިކާ ގުޅޭ ޖޫރިމަނާތައް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ހުރެެވެސް ފަސޭހަ ކަމާއެކު އެ ޖޫރިމަނާއެއް ދެއްކޭނެ ހިދުމަތެކެވެ. ހިދުމަތް ހޯދަން ރަޖިސްޓަރީ ވާކަށް ނުޖެހެ އެވެ.

ޓްރެފިކް ވަޔަލޭޝަން ސްލިޕް ނަންބަރު ނުވަތަ ވެހިކަލް ނަންބަރާއި އެ ފަރާތެއްގެ އައިޑީކާޑު ނަންބަރު ބޭނުން ކޮށްގެން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ވާރުޕޭއިން ޓްރެފިކް ވަޔަލޭޝަން އާއި ޕާކިން ވަޔަލޭޝަންގެ ޖޫރިމަނާ ދެއްކެ އެވެ. ޖޫރިމަނާ ފައިސާ ދެއްކުމާއެކު ފައިސާގެ ރަސީދު ވަގުތުން މީރާއިން އެ މީހަކަށްއީމޭލް ކުރާނެ އެވެ.

ވާރުޕޭ އަކީ މީރާގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓްއަށް އިތުރުކުރި އާ ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް އިތުރު ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު އަހާ ހަމަޖައްސާނެ ކަމަށް މިރާއިން ބުންޏެވެ.