ދުނިޔެ

ލަންޑަންގައި ރައްކާތެރިނޫން ފަސް އިމާރާތަކުންް މީހުން ހުސްކޮށްފި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ގްރީންފެލް ޓަވަރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެރަށުގެ އުސް އެހެެން އިމާރާތްތައް ބަލަައި ފާސްކުރި އިރު ރައްކާތެރި ނޫން ކަމަށް ފެނުނު ފަސް އިމާރާތަކުން މީހުން ހުސްކޮށްފިއެވެ.

ރޮއިޓާސް ބުނީ ހުކުރުދުވަހު އެ އިމާރާތްތަކުން މީހުން ހުސްކުރީ އެތަންތަނަކީ މީހުން ދިރިއުޅެން ރައްކާތެރި ތަންތަންތަން ނޫންކަން އެނގިގެން ކަމަށެވެ. އަދި ބުނީ އެ އިމާރާތްތަކުން ނެރުނު މީހުން ވަގުތީ ގޮތުން ގެންގޮސްފައި ވަނީ އެ ސަރަހައްދުގަައިވާ ސްޕޯޓްސް ސެންޓަރުތަކަށް ކަަމަށެވެ.

ގްރީންފެލް ޓަވަރު އަނދައި ހުލިވެ، 79 މީހުން މަރުވި ހާދިސާއަށް ފަހު ލަންޑަނުގެ އުސް އިމާރާތްތަކުގެ ތެރެއިން 600 އިމާރާތެއް ވަނީ ބަލައި ފާސްކޮށްފައެވެ. ؛ގްރީންފެލް ޓަވަރު ހާދިސާ ތަހުގީގުކުރުމަށް ފަހު ފުލުހުން ބުނެފަައި ވަނީ އެއިމާރާތުގައި ފުރަތަމަ އަލިފާން ރޯވީ ފްރިޖެއްގައި ކަމަށެވެ. އެ ގޮތުން ރޯވި އަލިފާން އެހާ ބާރަށް ފެތުރުނީ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ފަސޭހައިން ހުޅުހިފާ ޒާތުގެ އެއްޗެއްގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

ލަންޑަންގެ އިމާރާތްތައް ބަަލައި ފާސްކުރުމުގައި އިސްކަންް ދީފައި ވަނީ އެފަދަ މެޓީރިއަލްތައް ބޭނުންކޮށްފައި ހުރިތޯ ބެލުމަަށެވެ. އިއްޔެ ހުސްކުރި ފަސް އިމާރާތަކީ އެފަދަ މެޓީރިއަލް ބޭނުންކޮށްފަައިވާ އިމާރާތްތަކެވެ.

ލަންޑަނުގެ ކަމަޑެން ކައުންސިލުން ބުނީ އިމާރާތްތައް ހުސްކުރީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ކަންކަމުގައި ރިސްކު ނެގެން ނޯންނާނެތީ ކަމަށެވެ.