އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އިއްޔެ އޮތް ޕްރެސް ބްރީފިން އަށް ކެމެރާ ވެއްދުން މަނާ ކުރުމުން އެ ބައްދަލުވުމަށް ސީއެންއެން އިން ފޮނުވީ ކުރަހާ މީހެއް (ސްކެޗް އާޓިސްޓް) އެކެވެ.
ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވި ޕްރެސް ބްރީފިން އަށް ސީއެންއެއިން ފޮނުވީ ސުޕްރީމް ކޯޓުގައި އޮންނަ އަޑު އެހުންތަކަށް އެ އެޖެންސީން އާއްމުކޮށް ފޮނުވާ ސްކެޗް އާޓިސްޓް ބިލް ހިނެއްސީ އެވެ. ކޯޓްގައި ކުރަހަން ބޭނުންކުރާ އީޒެލް ނުލިބުނަސް ހިނެއްސީ ވަނީ ހުކުރު ދުވަހު ވައިޓް ހައުސްގެ ބްރީފިން ރޫމްގައި ހާލަތު އޮތް ގޮތް ވަރަށް ރަނޅަށް ކަވާ ކޮށްފަ އެވެ.
ސީއެން އެން އިން ބުނީ އޭނާ ކުރެހި ކުރެހުންތައް ބޭނުން ކުރާނީ ހަމަ އެކަނި ސީއެންއެން އިން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެހެން ނޫސް އެޖެންސީ ތަކަށް ވެސް އެކުރެހުންތައް ބޭނުން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
ކެމެރާ ވެއްދުން މަނާ ކުރުމުން ސެކެޗް އާޓިސްޓެއް ފޮނުވީ ސްޓަންޓެއް ހަދަން ވެގެން ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ބައެއްް ކޮންޒަވޭޓިވް މީޑިއާތަކުން ވަނީ ސީއެން އެންއަށް ފާޑުކިޔާފައެވެ. ނަމަވެސް ސީއެންއެން އިން ބުނީ އެ އެޖެންސީން އެކަން އެގޮތަށް ކުރީ ނޫސްވެރިކަމުގެ ރަނގަޅު ބޭނުމަކަށް ކަމަށެވެ.