ދުނިޔެ

ޕާކިސްތާނުގައި ތެޔޮ ލޮރީއެއް ގޮވައި 123 މީހުން މަރުވެއްޖެ

Jun 25, 2017

ޕާކިސްތާނުގެ ބަހަވަލްޕޫރު ނަމަކަަށް ކިޔާ ރަށުގައި ދަތުރު ކުރަމުން ދިޔަ ތެޔޮލޮރީއެއްގައި އަލިފާން ރޯވެ، އެނދި ހާދިސާއެއްގައި 123 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުން ބުނީ މިއަދު ހެނދުނު ހިނގި ހާދިސާގައި ތެޔޮ ލޮރީގައި ރޯވީ އެ އުޅަނދު ބާރަށް ދުއްވާފައި ދަނިކޮށް ފުރޮޅާލައި ތެޔޮ ލީކް ވަނިކޮށް، ތެޔޮތަކުގައި ހުޅުހިފުމުން ކަމަށެވެ. އަދި ބުނީ އެ ލޮރީގައި ރޯވި އިރު، ލޮރީން ފައިބަމުން ދިޔަ ތެޔޮތައް ނަގަން ގިނަ ބަޔަކު އެއްވެ ތިބި ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ހާދިސާގައި މަރުވިމީހުންގެ އިތުރުން 75 މީހަކު ވަނީ ވަރަށް ބޮޑަށް ފިހި ޒަހަމް ވެފަ އެވެ. އެމީހުންނަށް ބަހަވަލްޕޫރުގެ ދެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާދެމުންނެވެ.

ލޮރީއާއި ތެޔޮތަކުގައި ރޯވި އަލިފާނުން ހަ ކާރާއި 12 މޮޓޯ ސައިކަލްވެސް އެނދިއެވެ. ލޮރީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.