ދުނިޔެ

އީޔޫއިން ގޫގުލް 2.7 ބިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފި

Jun 27, 2017

އަމިއްލަ ޝޮޕިން ސާވިސް ޕްރޮމޯޓް ކުރުމަށް ނަހަމަ ގޮތުގައި ނުފޫޒު ބޭނުން ކުރަމުންދާ ކަމަށް ބުނެ ޔޫރަޕިއަން ކޮމިޝަނުން ގޫގުލް 2.42 ބިލިޔަން ޔޫރޯ (2.7 ބިލިޔަން ޑޮލަރުން) ޖޫރިމަނާކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކަންކަމުގައި ގޮތް ނިންމާ އިދާރާ ޔޫރަޕިއަން ކޮމިޝަނުން ގޫގުލް ޖޫރިމަނާ ކޮށްފައިވަނީ އެ ކޮމިޝަނުން މިހާތަނަށް އެއްވެސް ބަޔަކު ޖޫރިމަނާކޮށްފައި ނުވާހާ ބޮޑު އަދަދަކުންނެވެ. އެކޮމިޝަނުން އެގޮތަށް ނިންމީ ގޫގުލް ސާޗް ތަކުގައި އެ ކުންފުނީގެ ޝޮޕިން ސާވިސްތައް އެންމެ މައްޗަށް އަންނަ ގޮތް ގަސްދުގައި ހެދުމުންނެވެ.

ޔޫރަޕިއަން ކޮމިޝަނުގެ އަމުރުގައި ބުނެފައި ވަނީ ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސް އެޅޭ ގޮތަށް ގޫގުލް އިން ކުރަމުން އަންނަ ކަންތައްތައް 90 ދުވަހުގެ ތެރޭގައި ހުއްޓާ ނުލައިފި ނަމަ އިތުރަށް ޖޫރިމަނާ ކުރާނެ ކަމަށެވެ.

ގޫގުލް އިން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. ( ބީބީސީ)