ފިނިޕޭޖް

މުއައްޒިންގެ ފުރަތަމަ ސޯލޯ އަލްބަމް ނެރެފި

މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ހޯދައި ދިވެހިންގެ މެދުގައ ވިދާލި މުހައްމަދު މުއައްޒިންގެ ސޯލޯ އަލްބަމް ނެރެފި އެވެ. "ރެދަން" މި އަލްބަމް ނެރެފައިވަނީ ރޭ ބޭއްވި ހަބޭސް އީދު ޝޯގެ ތެރޭގަ އެވެ.

މި އަލްބަމް މިހާރު އައިޓިއުންސްއިން ގަންނަން ލިބޭނެ އެވެ. މުއައްޒިންގެ މުޅިން އަމިއްލަ ހަ ލަވައެއް ހިމެނޭ މި އަލްބަމް ސީޑީ ވެސް ވަރަށް އަވަހަށް ވިއްކަން ފަށާނެ އެވެ.

މީގެކުރިން ވީޑިއޯއާއެކު ރިލީޒްކުރި މުއައްޒިންގެ "ލޭކޮކާ" ލަވަ މި އަލްބަމްގައި ހިމެނެ އެވެ. މުއައްޒިން ބުނެފައިވާ ގޮތުގައި އޯޑިއޯ ލަވަތަކާއެކު އަލްބަމް ރިލީޒް ކުރި ނަމަވެސް އެ އަލްބަމްގެ ބައެއް ލަވަތަކުގެ ވީޑިއޯވެސް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ތަންކޮޅެއް ފަހުންނެވެ.

މުއައްޒިންގެ ވީޑިއޯ ލަވަ "ލޭ ކޮކާ" ހިޓަކަށްވެ އެ ލަވަ ވަނީ ރަޝިއާގެ ޓީވީ ޗެނަލް އަޑާގިއޯ އިން ދައްކާފަ އެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވަ ދެއްކުމަށްފަހު ރަޝިއާގެ އަޑާގިއޯ ވެބްސައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕް ވަނީ ފީޗާ ކޮށްފަ އެވެ.

މުއައްޒިންގެ އަލްބަމްގެ އިތުރުން ވެސް ހަބޭސްއިން ވަނީ އިތުރު ހަތަރު އަލްބަމެއް ނެރެފަ އެވެ. އެއީ ހަބޭސް ބޮޑުބެރު ބޭންޑްގެ "ކަނބުލޮ" އަލްބަމާއި ހަބޭސް ޕޮޕް ބޭންޑްގެ ލަވަކިޔުންތެރިޔާ ހަސަން ތޮލާލުގެ "ރަންކޮޅާ" އަލްބަމާއި ހަބޭސް ގްރެވިޓީގެ ގިޓަރިސްޓް ޝަހީދު ލެގަސީގެ ލާގުތައް ހިމެނޭ "ގޭޓްވޭ" އަލްބަމް އަދި "ގިލް ދަ މޭޝް" އަލްބަމެވެ.