ރާއްޖެ ކުޅިވަރު

ވެލެންސިއާގެ މުޖޭ އީގަލްސް އަށް

Dec 15, 2014
0%
0%
0%

ފާއިތުވި ދެ ތިން ސީޒަންގައި ކްލަބް ވެލެންސިއާ އިން ފެނުނު ޒުވާން ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) މިއަދު ވިދާޅުވީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅޭ މުޖޭ އެ ކްލަބަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނިކުތް މުޖޭ އަކީ އުންމީދީ ކުޅުންތެރިއެކެވެ. ފާއިތުވި ދެ ތިން ސީޒަންގައި ވެލެންސިއާގައި މުޖޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މުޖޭ އަކި ކުރިއަށް އޮތް ސީޒަނަށް އީގަލްސްއާ އަލަށް ގުޅުނު ދެވަނަ ކުޅުންތެރިއާ އެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްލި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) ވެސް ވަނީ އީގަލްސް އަށް ސޮއިކޮށްފަ އެވެ.

މުފާ ވިދާޅުވީ އީގަލްސްގެ ޓީމުން މި އަހަރު ފާހަގަވި ޒުވާން ކުޅުންތެރިންތައް އެ ޓީމުން އަންނަ އަހަރު ވެސް ފެންނާނެ ކަމަށެވެ. އަދި ޓީމުގެ މުހިންމު ކުޅުންތެރިންގެ ކޮންޓުރެކްޓް އާކުރަން ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އީގަލްސްގެ ޒުވާން ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އާއި ފޯވަޑް އަހުމަދު ރަޝީދު (އައްމަޑޭ ) ވަނީ މިދިޔަ ސީޒަންގެ ފަހުކޮޅު އެ ޓީމުގެ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފަ އެވެ.

އީގަލްސް އިން ވަނީ މިދިޔަ ސީޒަންގައި ދިރާގު ދިވެހި ލީގުގެ ގަދަ ހަތަރުން ޖާގަ ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345