ހަބަރު

ފުވައްމުލަކު ބަންޑާރަ ކިޅީގައި އަލިފާން ރޯ ވެއްޖެ

ޏ. ފުވައްމުލަކު ބަންޑާރަ ކިޅީގައި އަލިފާން ރޯ ވެއްޖެ އެވެ.

އެމްއެންޑީއެފް ގެ އޮފިޝަރަކު ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 2:00 އެހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ފުވައްމުލަކު ބަންޑާރަކިޅި ސަރަހައްދުގައި ކަމަށާއި އަލިފާން ގަނޑުގެ ބޮޑުބައެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ދީފައެއް ނުވެ އެވެ.