ހަބަރު

އެއް ކިލޯ އަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ގދ. ކާޑެއްދޫއަށް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ރޭ ދަންވަރު 12:56 އެހާއިރު މަސްތުވާތަކެއްޗާއެކު އުމުރުން 21 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މިމަހުވެސް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 23 ކިލޯގެ މަސްތުވާތަކެއްޗާއެކު 15 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.