ވިޔަފާރި

ލޭމްގެ ރައީސަކަށް ޝާޑު، ނައިބަކަށް އިއްސެ

ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ރައީސަކަށް އިބްރާހިމް ޝާހިދު (ޝާޑު) އަދި ނާއިބް ރައީސަކަށް ހައިރައިޒް އިއްސެ އިންތިހާބުކޮށްފި އެވެ.

ނިމިދިޔަ ދައުރު އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވީ ހޭންޑީ ކުންފުނީގެ ވެރިޔާ، ހަސަން ހަލީމް އެވެ.

ލޭމްއިން ރޭ ބޭއްވި 10 ވަނަ އަހަރީ އާއްމު ޖަލްސާގައި ބޯޑަށް ހޮވާފައިވަނީ މޯލްޑިވްސް ބޯޓު ކްލަބްގެ މުފީދު އަބްދުﷲ އާއި ވީއޯއެމްކޯގެ އަހުމަދު ޒުބައިރުގެ އިތުރުން އައިމޯ ޓްރެވަލްސްގެ ފަރާތުން މޫސާ ރަޝީދު އާއި ނޫރާނީ ޓްރޭޑް އެންޑް ޓްރެވަލްސްގެ އަހުމަދު އިބްރާހިމް އަދި ވޮޔޭޖެސް މޯލްޑިވްސް ގެ ހައްވާ ނަފީލާގެ އިތުރުން ޓްރިޕް ކޮންސެޕްޓްގެ ހުސައިން ޝަހުދީ އެވެ.

ލޭމްއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު 150 އަށް އަރައެވެ/