ހަބަރު

އެޗްއާރްސީއެމްގެ ނައިބް ރައީސް ކަމަށް ޒާހިދު ހަމަޖައްސަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބް ރައީސް ކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ ރުހުމާއި އެކު ޒާހިދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްއާރުއެމްސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފަ އެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޒާހިދު އައްޔަކޮށްފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވުމުން މެންބަރެއްގެ މަގާމު ހުސްވުމުންނެވެ.

މީގެ އިތުރުން މާދަމާގެ މަޖިލީހުގައި ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތޯރިގް އިބްރާހީމް ކުރައްވާ ސުވާލު ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ.