ހަބަރު

މާލިއްޔަތު ކޮމިޓީގެ ޕީޕީއެމްގެ ތިން މެންބަރަކު ބަދަލުކޮށްފި

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ ތިން މެންބަރަކު ބަދަލުކޮށްފި އެވެ. އެ ބަދަލު މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ތޯރިގުގެ ބަދަލުގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހަމަޖައްސާދިނުމަށް އެދި ޕީޕީއެމް އިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލް އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަދަލުގައި ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވެސް ވަނީ މާލިއްޔަތު ކޮމިޓީއަށް ބަދަލުކޮށްފައިވާކަން ރިޔާސަތުން މިއަދު އިއުލާން ކުރި އެވެ.