އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ސްޕެއިންގެ މިޑްފީލްޑަރު ސައުލް ނިގުއެޒް އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް ނުވަ އަހަރަށް އާކޮށްފި އެވެ.
ސައުލް ،22، އަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ލިބިފައިވާ ކުޅުންތެރިޔެކެވެ. އެތުލެޓިކޯގެ ޔޫތު އެކެޑަމީއާ 2007 ވަނަ އަހަރު ގުޅުނު ސައުލް މީގެ ކުރިން ވެސް އެތުލެޓިކޯއާއެކު ހަދާފައިވަނީ ދިގު މުއްދަތުގެ ކޮންޓުރެކްޓެކެވެ.
ސައުލް އެތުލެޓިކޯއާއެކު އަަލަށް ހެދި ކޮންޓުރެކްޓް ހަމަވާނީ 2026 ވަނަ އަހަރެވެ.
"ވަރަށް އުފާވެއްޖެ އެތުލެޓިކޯގެ ކޮންޓުރެކްޓް އާކުރެވުނީ. ކްލަބުން އަހަންނަށް ކުރާ އިތުބާރުގެ ބަދަލު ދިނުމަށް އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ސައުލް ބުންޏެވެ.
ސައުލް އަކީ ދާދި ފަހުން ނިމުނު 21 އަހަރުން ދަށުގެ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.