ކުޅިވަރު

މާޒިޔާ އާއި ޓީސީ: ލީގްގެ އެންމެ އުނދަގޫ ކުރިމަތި ލުން

Jul 3, 2017

މާޒިޔާ އާއި ޓީސީގެ ކުރިމަތިލުމަކީ މާލޭ ލީގްގައި އެންމެ އުނދަގޫ އެއްކުރިމަތި ލުމަށް ވެގެންދާނެ ކަމަށް، އެ ސދެ ޓީމުގެ ކޯޗުން ބުނެފި އެވެ.

މާލޭ ލީގްގައި، މި ރޭ އޮތީ މި ދެ ޓީމުގެ ކުރިމަތި ލުމެވެ. ތާވަލުގެ އެއް ވަނަ އިގައި އޮތް މާޒީޔާ އާއި ހަ ވަނައިގައި އޮތް ޓީސީގެ ކުރިމަތލުމެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން މާޒިޔާ ކާމިޔާބު ކުރީ 3-0 ން ނެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މިދިޔަ ތިން އަހަރުގައި ވެސް އެންމެ ވާދަވެރިކޮށް، ފެނިގެންދާ މެޗަކީ ޓީސީ އާއި މަޒިޔާގެ މެޗު ކަމަށެވެ.

ނިޒާމް ބުނީ ބޮޑެތި ޓީމުތަކުން، ޓީސީއާ ކުރިމަތިލާ ގޮތް ތަފާތު ކަމަށާއި، އެއްވެސް ޓީމަކުން ޓީސީއާ ދެކޮޅަށް ނިކުންނައިރު، ކުޑަ ޓީމެއް ކަމުގައި ނުދެކޭކަމަށެވެ.

"މެޗަށް ނިކުންނައިރު ދެ ޓީމަށްވެސް އެޑްވާންޓޭޖް އޮތީ އެއްވަރަކަށް، މިދިޔަ ތިން އަހަރަށް ބަލާއިރު ދެ ޓީމު ކުޅެފައި ހުރި މެޗުތަކަށް ބަލާއިރު އެންމެ ވާދަވެރިކޮށް ދާ އެއް މެޗު މިއީ، ހަމަ އެގޮތަށް ބަލާއިރު (މިރޭ) ގެ މެޗުވެސް މިއީ މުހިންމު މެޗެއް، އެންމެ މުހިންމު ކަމަކަށް ވެގެން ދާނީ މެޗު ފައްޓާ ގޮތުން ދެ ޓީމުން ކުރެ ރަނގަޅަށް ފައްޓާ ޓީމަކަށް މެޗުގެ ނަތީޖާ ބުރަ ވެގެން ދާނީ،" ނިޒާމް ބުންޏެވެ.

"ހުރިހާ ޓީމެއްވެސް ޓީސީއާ ދެކޮޅަށް ކުޅޭއިރު ތަފާތު މާޒިޔާއަށް ވިޔަސް އެހެން ކުލަބަކަށް ވިޔަސް ޓީސީ ނުނަގާ ކުޑަ ޓީމެއްގެ ގޮތުގަ އެއް ފަސޭހަ ކޮށްވެސް ނުނަގާ، ގަބޫލު ކުރަނީ އެހެން މެޗު ތަކުގައި ނުލާ ހިތްވަރު ލައިގެން މާޒިޔާގެ ކުޅުންތެރިން ނިކުންނާނެ ކަމަށް ޓީސީއާ ދެކޮޅަށް."

މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، މާޒިޔާ އާއި ޓީސީގެ މެޗަކީ، ލީގްގެ މިހާ ހިސާބުން އެންމެ އުނދަގޫ އެއް މެޗު ކަމަށެވެ. އޭނާ ބުނީ މިރޭ މެޗަކީ ދެ ޓީމުގެ ކޯޗުންނަށްވެސް ކޯޗް ކޮށްދޭން އެންމެ ފަސޭހަ މެޗު ނަމަވެސް ކުޅެން އެންމެ އުނދަގޫ މެޗު ކަމަށެވެ.

ލީގް ބްރޭކްވި ނަމަވެސް، ޓީމުގެ އަށް ކުޅުންތެރިޔަކު ގައުމީ ޓީމަށް ދޫކޮށްލަން ޖެހުމުން، މާޒިޔާއިން ޕްރެކްޓިސް ކުރީ ޓީމުގެ 20 ޕަސަންޓް ކުޅުންތެރިން ނާއެކު ކަމަށް ސެކޮލްސްކީ ބުންޏެވެ. އަދި ބްރޭކް ވުމުން އެހެން ކުޅުންތެރިޔަކީވެސް ރަށަށް ދާން ބޭނުން ވުމުން އޭނާ ވެސް ދުކޮށްލި ކަމަށެވެ. އެއަށް ފަހު މާޒިޮޔާ ކުރިމަތިލީ އީގަލްސްއާ ދެކޮޅަށެވެ. މާޒިޔާ ބަލިވީ 4-0 ން ނެވެ.

ނަމަވެސް އޭގަ ފަހުން ޓީމު ހަމަޔަކަށް އެޅި ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު ފަހު 20 މިނެޓަކީ މި ސީޒަންގައި މާޒިޔާ ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށް ސެކްލޮސްކީ ބުންޏެވެ. އޭނާ ބުނީ އެހިތްވަރަށް ވުރެ ބޮޑު ހިތްވަރެއް ޓީސީއާ ދެކޮޅަށް ނެރެންޖެހޭނެ ކަމަށެވެ.

ޓީސީއާ ދެކޮޅަށް ކުޅޭ އިރު އެހެން ޓީމުތަކުން އިތުރު ހިތްވަރު ނެރޭ ކަމަށް، ސްކްލޮސްކީއާ ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ.

"މިއީ އާންމުކޮށް ވާނެ ގޮތް ހުރިހާ ޓީމަކުންވެސް އިތުރު މޮޓީވޭޝަނެއް ނެރޭ، މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، ސަބަބަކީ މާޒިޔާ އޭއެފްސީ ކަޕް ކުޅޭއިރު އެހެން ޓީމުތަކުން ބޭނުންވޭ އަހަރެމެން ނަށްވުރެ ވަރުގަދަ ކން ސާބިތު ކޮށްދޭން، މިހެން ވާނެ ޓީސީއާ ދެކޮޅަށް އެހެން ޓީމުތައް ކުޅޭއިރު ވެސް އެއީ ބަނގުލަދޭޝް ގައި ބޭއްވި ޝައިހް ކަމާލް ކަޕްގައި ރަނގަޅަށް ކުޅެ އެ މުބާރަތް ކާމިޔާބު ކޮށްފައި ވުމުން." ސެކްލޮސްކީ ބުންޏެވެ.