ހަބަރު

އާޒިމް އަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި

ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ހިތްވަރުދީ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލޭ ފަދަ ވާހަކަ ފަތުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް އާޒިމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީިހުން ނިންމައިފި އެެވެ.

ޕީޖީން އިން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ އާޒިމްގެ މައްސަލަގައި އާޒިމް އަށް ދައުވާ ނުކުރަން އެ އޮފީހުން ނިންމައި މިދިޔަ މަހު 19 ވަނަ ދުވަހު މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލާފައިވާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ހައްޔަރުކޮށްފައިވަނީ ސަންގު ޓީވީގައި ޕްރޮގްރާމުގައި ވާހަކަދައްކަމުން ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ހިތްވަރުދީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށާއި ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލޭ ފަދަ ވާހަކަ ފަތުރަމުން ގެންދާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.