ހަބަރު

ޗެނަލް 13 ގެ ފޭސްބުކް ޕޭޖް އަނެއްކާވެސް ހެކްކޮށްފި

"ޗެނަލް 13" ގެ ރަސްމީ ފޭސްބުކް ޕޭޖް މިއަދުގެ ވަގުތެއްގައި އަނެއްކާވެސް ހެކްކޮށްފި އެވެ.

ފޭޖް ހެކްކުރުމަށްފަހު ޕޭޖްގެ ކަވާ ފޮޓޯ ވަނީ ބަދަލުކޮށްފަ އެވެ. އަދި ރައީސް އަބުދުﷲ ޔާމީން އާއި އެމަނިކުފާނުގެ އިނބިކަބަލުން، ފަސްޓްލޭޑީ މެޑަމް، ފާތުމަތު އިބްރާހިމް އަށް މަލާމާތް ރައްދުވާ ގޮތަށް ވެސް ފޮޓޯ އާއި ޕޯސްޓްތައް ވަނީ އެ ޕޭޖްގައި ޖަހައިފަ އެވެ.

މިދިޔަ މޭމަހު ވެސް ވަނީ އެ ޕޭޖް ހެކް ކޮށްފަ އެވެ. އެފަހަރު ހަމަ އެކަނި ބަދަލު ކޮށްފައިވަނީ ކަވާ ފޮޓޯ އެކަންޏެވެ.