ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައަށް ފަހު ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް އެ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރެއް އިދިކޮޅު ފަރާތްތަކުން ދީފި އެވެ.
ސާޅީސް ފަސް މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިއްޔެ ހުށަހަޅާފައި ވަނިކޮށް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވައްދާނެ ކަމުގެ އިންޒާރެއް ދިނީ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ނާދިރާ ވިދާޅުވީ "ދެން އޮތީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ،" ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފަ އެވެ. ނަމަވެސް މަޖިލީހުގެ ގަވައިދަށް އައި ބަދަލާއެކު އެ މައްސަލަ ބާތިލުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާަ ވެސް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ނުވަ މެންބަރުންގެ ސޮޔާ އެކުގަ އެވެ.
މިދިިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި މޫސަ ވަނީ ރައީސް އަބްދުﷲ ޔާމީންއާ އެކު ހުންނަވާކަން ހާމަ ކުރައްވާ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.