ބޮލީވުޑް

އިންނާނީ ލޯބިވާ މީހަކާ، އާއިލާއިން ޕްރެޝަރު ނުކުރޭ: ރަންބީރު

Jul 5, 2017

ޒުވާން އެކްޓަރު ރަންބީރު ކަޕޫރަކީ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓޭ އެއް ހުސްހަށިބައެއް އެއް ތަރި އެވެ.

ލޯބީގެ ގޮތުން މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފާ ގުޅިގެން އުޅުނު ރަންބީރުގެ ކައިވެނީގެ ވާހަކަ އަކީ އަބަދުވެސް ވަރަށް ގަދަޔަށް ދެކެވެވޭ ވާހަކަ އެކެވެ.

އެގޮތުން އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާއާ ރުޅިވިތާ އަހަރެއްހާ ދުވަސްވީ ފަހުން ރަންބީރު، އޭނާގެ މަންމަ ދައްކާ އަންހެން ކުއްޖަކާ ކައިިވެނިކުރަން ތައްޔާރަށް ހުރި ވާހަކަ ދެކެވުނެވެ.

ލަންޑަނުގައި ދިރިއުޅޭ އިންޑިއާ އެ އަންހެން ކުއްޖާ އާއި މަންމަ ނީތޫ ކަޕޫރާ އެކު ރަންބީރު ބައްދަލުކުރި ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. ނަމަވެސް ފަހުން ރަންބީރުގެ ބޮޑުބޭބެ ރަންދީރު ކަޕޫރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އާއިލާއިން ދައްކާ ކުއްޖަކާ ރަންބީރު ކައިވެނިކުރަން ތައްޔާރަށް ހުރި ކަމުގެ ވާހަކަތައް އަދިވެސް ނުހުއްޓޭއިރު ހުދު އޭނާ ވެސް މިވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މަންމަ ނީތޫ އޭނާ އިންނަން ކުއްޖަކު ހޯދަން އަތްފުނާ އަޅަމުން އަންނަ ވާހަކަތައް ދޮގުކުރަން ރަންބީރު ވަނީ އެރެންޖެ މެރިއޭޖް އަކީ އޭނާ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ.

މީޑިއާތަކުން ކޮންމެ ގޮތަކަށް ވާހަކަތައް ފެތުރި ނަމަވެސް ޒަވާޖީ ހަޔާތެއް ފަށަން އާއިލާއިން ބާރުނާޅާ ކަމަށް ބުނަމުން ރަންބީރު ވަނީ ކައިވެންޏެއް ކުރާނަމަ ކުރާނީ އޭނާ ލޯބިވާ ކުއްޖަކާ ކަމަށެވެ.

"ކައިވެނި ކުރަން އުޅޭނަމަ އެކަމެއް ސިއްރެއް ނުކުރާނަން. އާއިލާ އެއްވެސް މީހަކު އަވަހަށް ކައިވެނިކުރާކަށް ބާރެއްނާޅާ،" ރަންބީރު ބުނެފައިވެ އެވެ.

ރަންބީރު ހަ އަހަރުވަން ދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ކެޓްރިނާއާ ރުޅިވީ ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ. ރަންބީރު ވެސް ވަނީ އެ ދެމީހުން ރުޅިވުމުގެ ދުވަސްކޮޅެއް ކުރިން ކެޓްރީނާއާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.