މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރުކުރާ މަތިންދާބޯޓްތަކުގެ ކެބިންގައި ލެޕްޓޮޕް ގެންގުޅުން މަނާ ކުރުމަށް ހެދި ގަވައިދުން ޔުނައިޓެޑް އަރަބް އެމިރޭޓްސް( ޔޫއޭއީ)ގެ އެއާލައިނެއް ކަމަށް އެމިރޭޓްސް އުނިކޮށްފިއެވެ.
އެމިރޭޓްސްއާ ހަވާލާދީ ބީބީސީ ބުނީ އެ އެއާލައިންގެ ބޯޓްތައް އެމެރިކާއަށް ދަތުރުކުރާ އިރު ކެބިންގައި ލެޕްޓޮޕާއި މޯބައިލް ފޯނަށް ވުރެ ބޮޑެތި އެހެން ގެޖެޓްތައް ގެންގުޅެވޭ ގޮތަށް ހަމަ ޖެއްސީ އެމެރިކާއާ އެކު މަސައްކަތްކޮށް، އެގައުމުގެ އިދާރާތަކުން އެދޭ މިންވަރަށް ސަލާމަތީ ކަންތައްތައް ރަނގަޅުކޮށްގެން ކަމަށެވެ.
ކެބިންގައި ލެޕްޓޮޕް ނުގެންގުޅެވޭ ގޮތަށް އެމެރިކާއިން ކުރިންް ހަމަޖެއްސި އެއާލައިންތަކުގެ ތެރެއިން ތުރުކީގެ ޓާކިޝް އެއާލައިންއަށް ވެސް މިހާރު ވަނީ އަލުން ހުއްދަ ދީފައެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް ދަތުރުކުރާ މަތިންދާބޯޓްތަކުގެ ކެބިންގައި ފޯނަށް ވުރެ ބޮޑެތި ގެޖެޓް ގެންގުޅުން އެގައުމުން މަނާކުރީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައެވެ. އެމެރިކާއިން އޭރު ބުނީ އެކަން އެގޮތަށް ހަމަޖެއްސީ އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ފަރާތުން އަތުވެދާނެ ނުރައްކަލަކުން ދިފާއުވުމަަށް ކަމަށެވެ.