ހަބަރު

ކަނޑިންމައަށް މުދާ އުފުލި ދޯންޏެއް ފަރަށް

މާލެއިން ފުރައިގެން ދ. ކަނޑިންމަ ރިސޯޓަށް ދަތުރުކުރި ކ. ބޮލިފުށީ ފަރަށް އަރައިފި އެވެ.

ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ މުދާ އުފުލާ ދޯންޏެއް ކަމަށްވާ "ޓްރާންސްޕޯޓާ 1" ބޮލިފުށީ ފަރަށް އެރި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނީ ރޭ ފަތިހު ކަމަށާއި އެ ހިސާބުން ފެށީގެން ކޯސްޓްގާޑުގެ ޑައިވަރުންނާ އެކު ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ.

ގާތްގަނޑަކަށް 90 ފޫޓުގެ އެ ދޯނި އުރުނު އިރު އޭގައި ފަސް ދިވެހީން ތިބެވެ. ދޯނީގައި ހުރީ ކަނޑިންމަ ރިސޯޓަށް ގެންދިޔަ މުދަލެވެ. ދޯނީގައި ހުރި މުދާ އެހެން ދޯންޏަކަށް ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.