ވިޔަފާރި

ޓީޓީއެމްއަށް އެހީވާން އަލްޝާލީ މެރިން މޯލްޑިވްސް

Jul 7, 2017

ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ގިނަ އުޅަނދުތަކެއް ބާޒާރަށް ނެރޭ އަލްޝާލީ މެރިން މޯލްޑިވްސްއިން ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަށް ސަޕޯޓް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިމަހުގެ 12-13 ދެ ދުވަހު ބާއްވާ ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާއަށް އެހީތެރިވުމަށް ސޮއިކުރެއްވުމާ ބެހޭ ގޮތުން އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ އެ ކުންފުނިން މި އިވެންޓަށް ސަޕޯޓުދޭން ސޮއިކުރީ ޓޫރިޒަމް ދާއިރާއަށްދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

"ޓޫރިޒަމަށް ބޭނުންވާ ގިނަ އުޅަނދުތަކެއް ބަނދެ އެހެން ހިދުމަތްތައްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން މި ބައިވެރިވަނީ ޓީޓީއެމްގައި،" ޝަރީފު ވިދާޅުވި އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.