ބޮލީވުޑް

ރަންބީރުގެ ހަޔާތަށް އަދިވެސް ބޭނުމީ ކެޓްރީނާ

Jul 9, 2017
1

މަޝްހޫރި ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވިތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވީ ނަމަވެސް މި ދެތަަރިން ރުޅިވީ ކޮން ސަބަބަކާ ހުރެކަން ހާމަކޮށްފައެއްނުވެ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވިފަހުން ކުޅުނު ފުރަތަމަ ފިލްމު "ޖައްގާ ޖާސޫސް" ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވެ ނޫސްވެރިންނާ އެކު އެކި ހަފްލާތައް ބާއްވަމުން އައި ނަމަވެސް އެ ދެމީހުން ރުޅިވި ގޮތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ. އެއާ ހިލާފަށް މުޅިން ވެސް އޮއްސާފައިވަނީ އެކަކު އަނެކަކަށް ތައުރީފުގެ ބަސްތަކެވެ.

މީގެ ތިން އަހަރު ކުރިން އުފައްދަން ފެށި މި ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ދިއުމުގެ އެންމެ ބޮޑު އެއް އަސްލަކީ ރަންބީރާއި ކެޓްރިނާ ރުޅިވުން ކަމަށްވެ އެވެ. ނަމަވެސް މިފަހުން ދިން އިންޓަވިއުއްގައި ރަންބީރު ވަނީ އޭނާ އާއިި ކެޓްރީނާގެ ދެމެދުގަައި ޖެހުނު މައްސަލައަކުން ފިލްމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

"އަހަރުމެން ޒާތީ ކަންކަން ފިލްމުގެ ސެޓަކަށް ނުގެންދަން،" ރަންބީރު ބުނެފައިވެ އެވެ.

ހަ އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރާއި ކެޓްރީނާ އެކުގައި އެންމެ ފުރަތަމަ ފިލްމެއް ކުޅެފައިވަނީ 2009 ވަނަ އަހަރުު އެވެ. އޭގެފަހުން އިތުރު ދެ ފިލްމެއް މިހާތަނަށް އެ ދެތަރިން ވަނީ ކުޅެފަ އެވެ. ކެޓްރީނާ އާއެކު ފިލްމު ކުޅުމަކީ ލިބޭ އުފަލެއް ކަމަށް ބުނަމުން ރަންބީރު ވަނީ އެކުގައި މަސައްކަތްކުރާއިރު އެ ދެތަރިން ދުވަހަކު ވެސް އަމިއްލަ މައްސަލަތައް ފިލްމުގެ ސެޓަށް ނުގެންދާ ކަމަށެވެ.

"ފިލްމެއްގައި އެތަކެއް ސަތޭކަ މީހުން މަސައްކަތްކުރޭ. އެ ހުރިހާ އެންމެން އަހަރުމެންނަށް ބަރޯސާވެގެން ވަރަށް ގިނަ ވަގުތާއި ލާރި ހަރަދުވެގެން ފިލްމުތަައް އުފެއްދެނީ. ޒާތީ މަައްސަލަތައް ފިލްްމުގެ ސެޓަށް ގެންގޮސް ބޮޑު ކަންތައްގަނޑެއް ހިންގަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރަންބީރު ބުންޏެވެ.

ރަންބީރު އިތުރަށް ވަނީ މީޑިއާތަކުގެ އޭނާ އާއި ކެޓްރީނާ ރުޅިވިފަހުން އެދެމީހުންގެ ގުޅުން ވަރަށް ގޯސްކަމަށް ހަބަރުތައް ގެނެސްދިން ނަމަވެސް ކެޓްރީނާ އާ އޭނާ އާ ދެމެދު އޮންން ގުޅުން އަދިވެސްް ވަރަށް ބަދަހި ކަމަށެވެ. އެގޮތުން ކެޓްރީނާ އޭނާގެ ހަޔާތުގައި މިއަދު ނެތުމުން އެކަމާ މާބޮޑަށް ދެރަ ނުވި ނަމަވެސް އަދިވެސް އެނާގެ ހަޔާތުގައި އަދިވެސް ވުމަށް އެދޭ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި ކެޓްރިނާ އަަކީ އެންމެ ނުފޫޒު ގަދަ އެކަކު، އެއީ ގާތް މީހެއްގެ ގޮތުން ވެސް އަދި އެކްޓަރެއްގެ ގޮތުން ވިޔަސް، ކުރިއަށް އޮތް ތަނުގައި ވެސް ކެޓްރިނާ އެ ގޮތުގައި ދެމިހުންނާނެ، ކެޓްރީނާއާ އަހަންނާ ދެމެދު އޮންނަ ގުޅުމަށް ވަރަށް އިހްތިރާމްކުރަން،" ރަންބީރު ބުނެފައިވެ އެވެ.

ކެޓްރީނާ އަކީ ރަންބީރުގެ ހަޔާތުގައި ކިތަންމެ މުހިންމު މީހަކަށް ވިޔަސް އޭނާ އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.