ހަބަރު

މާލޭގައި ގްރޫޕް މާރަމާރީ ހިންގާ މީހެއްގެ ބޯ ފަޅާލައިފި

މާލޭގައި ގްރޫޕް މާރަމާރީ ހިންގާ މީހެއްގެ ބޯ ފަޅާލައިފި އެވެ. ފުލުހުން ބުނީ ގްރޫޕް މާރަމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާމުން އަންނަ ކަމަށެވެ. ނަމަވެސް މާރަމާރީއާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް މަންޒަރު ދުށް މީހެއް "އަވަސް"އަށް ކިޔާދިން ގޮތުން ގްރޫޕަކަށް ނިސްބަތްވާ ކުޑަ ކުދިންތަކެއް ލަކުޑި ފަދަތަކެތި ހިފައިގެން އައިސް މާރަމާރީ ހިންގި ކަމަށެވެ. އަދި އެކަމުގެ ތެރޭގައި އެކެއްގެ ބޯވެސް ފަޅާލި ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން އެކަން ހުއްޓާލީ ފުލުހުންތަކަކަށް އެ ސަރަހައްދަށް ދިޔުމުން. އޭރު ވެސް އެތާ ވަރަށް ލޭ އޮތް،" އޭނާ ބުންޏެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ފުލުހުން އަންނަނީ އެކަން ބަލާ ތަހުގީގު ކުރަމުންނެވެ.