ލެމަންގްރާސްގެ ސިޓްރޮން އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ "ސިޓްރޮން ރޯދަ ވެދުން 2017" ގެ ނަސީބުވެރިން މިރޭ ހޮވައިފި އެވެ.
ސިޓްރޮން ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސިޓްރޮން ރޯދަ ވެދުމުގެ ދެ ނަސީބުވެރިން ވަނީ ހޮވާފަ އެވެ. އެގޮތުން އެއްވަނަ އަށް ހޮވުނު ނަސީބުވެރި ފަރާތަކީ އަހުމަދު ނަވީލް އެވެ. އެ ފަރާތަށް ލިބުނު އިނާމަކީ އެލިޔާ ޔަމަހާ ބްރޭންޑްގެ އެންމެކްސް ސައިކަލް އެކެވެ. އަދި ދެވަނައަށް ހޮވުނު ނަސީބުވެރި ފަރާތް ކަމަށްވާ ފަތުހުއްﷲ އަށް ލިބުނު އިނާމަކީ ޔަމަހާ ބްރޭންޑްގެ ފީނޯ 125 ސައިކަލެކެވެ. މީގެ އިތުރުން ސިޓްރޮންގެ ފަރާތުން ވަނީ ބޯނަށް އިނާމެއްވެސް ހުށަހަޅާފަ އެވެ. އެގޮތުން ބޯނަސް އިނާމް ކަމަށްވާ ގިފްޓް ވައުޗާ ލިބުނު ފަރާތަކީ އަބުދުﷲ އެވެ.
ސިޓްރޮންގެ ރެސްޓޯރެންޓް މެނޭޖަރު ރަމީޒް ވިދާޅުވީ މިއަހަރުގެ ޕްރޮމޯޝަނަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށާއި 2015 އަދި 2016 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ލިބުނު ތަރުހީބު ބޮޑު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިކަމަށް ލިބިގެންދާ ތަރުހީބު ބޮޑުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ރަމީޒް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ސިޓްރޮއިން ކުރިއަށްގެންދާ މި ޕްރޮމޯޝަން މިފަހަރު ކުރިއަށް ގެންގޮސްފައިވަނީ މޭ 27ން ޖުލައި ތިންވަނަ ދުވަހުގެ ނަޔަލަށެވެ. މި ޕްރޮމޯޝަނުގެ ސިޓްރޮން އިން ރޯދަ ވީއްލަން ދިިޔަ ފަރާތްތަކުގެ ތެރެއިން 250 ރުފިޔާއަށް ވުރެ މަތިން ހަރަދު ކުރި ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެން ގޮސްފައި ވެއެވެ. އަދި މިރޭ ހޮވުނު ނަސީބުވެރި ފަރާތްތަކަށް ތިން ދުވަހުގެ ތެރޭގައި ފޯނުން ގުޅައި ނަސީބުވެރިންނަށް އިނާމު ރައްދުކޮށް ދެވިގެންދާނެ ކަމަށް ސިޓްރޮން އިން ބުންޏެވެ.