ހަބަރު

މާފުށީ ޖަލުގައި މާރަމާރީއެއް ހިނގައިފި

މާފުށީ ޖަލުގައި ދެ ގައިދީއެއް ދެމެދު މާރަމާރީއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީ ޖަލުގައި ދެ ގައިދީއެއް ދެމެދު މާރަމާރީ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މާރަމާރީއާ ގުޅިގެން އެ ޔުނިޓުގައި ތިބި އެހެން ގައިދީންތައް ވަނީ ގޮޅިތަކަށް ބަދަލުކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ އިންފޮމޭޝަން އޮފިސަރުގެ ފޯނަށް ގުޅޭގޮތް ވަނީ ނުވެފަ އެވެ.

މިރޭ މާލޭގައި ވެސް ދެ ގްރޫޕެއް ދެމެދު މާރަމާރީ ހިނގާ ބަޔަކު ޒަހަމްކޮށްލާފައި ވެސް ވެއެވެ.