ހަބަރު

ސްނޯކަލިންއަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނިޔާމަ ރިސޯޓަށް ޗުއްޓީއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ނިޔާމަ ރިސޯޓްގެ ފަތުރުވެރިއަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ މެންދުރު 2:00 އެހާއިރު ކަމަށާއި އަދި އޭނާ މަރުވެފައި އޮއްވާ މޫދުން ފެނިފައިވަނީ 2:15 އެހާއިރު ކަމަށެވެ. އަދި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާއަކީ ޗައިނާ ރައްޔިތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު އިއްޔެ އިރުއޮއްސުނުއިރު މާލެ ގެނެސްފައިވާ ކަމަށެވެ