ހަބަރު

ޕީޕީއެމްއިން ދިޔަ ބައެއް މެންބަރުން އަދި އަންނާނެ: ނިހާން

Jul 10, 2017
3

މިފަހުން ޕީޕީއެމް އިން ކެނޑުނު މެންބަރުން ވަރަށް އަވަހަށް ޕީޕީއެމްއާ ގުޅޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންއާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބައްދަލު ކުރަމުންދަނިކޮށް ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެންބަރު ނާޒިމް ރަޝާދު ސާބިތު ކަމާ އެކު ހުންނެވީ ޕީޕީއެމްގައި ކަމަށެވެ. އަދި ޕީޕީއެމް އިން ކެނޑުނު ބައެއް މެންބަރުން ލަސްނުކޮށް އަލުން ޕީޕީއެމްއާ ގުޅޭނެ ކަމަށް ވެސް ނިހާންގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ވަގުތެއްގައި ޕީޕީއެމްއިން ވަނީ ޖުމްލަ 10 މެންބަރަކު ވަކިވެފަ އެވެ. އެއާ ރައްޔިތުން މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އެހާ ގިނަ މެންބަރުން އެއްފަހަރާ އިސްތިއުފާ ދެއްވީ މަޖިީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ، އެބޭފުޅެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިތާ މާކަ ގިނައިރެއް ނުވެ އެވެ.