ހަބަރު

ޖޭއެސްސީގެ ރައީސްކަމަށް އަރީފް އައްޔަންކޮށްފި

Jul 10, 2017

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް ފަނޑިޔާރު އަބްދުﷲ އަރީފް މިރޭ އިންތިހާބުކޮށްފި އެވެ.

އަރީފް ޖޭއެސްސީގެ މެންބަރުކަމަށް ހަމަޖެއްސީ ވެސް މިއަދު އެވެ. އޭނާ އެ ކޮމިޝަނަށް ހަމަޖެއްސީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގަ އެވެ. އަލީ ހަމީދު ޖޭއެސްސީ އިން ވަކިކުރި އޭނާގެ ދައުރު ވަނީ ހަމަވެފަ އެވެ. އަދި އޭނާ އަކީ ކޮމިޝަންގެ ރައީސް ވެސްމެ އެވެ. އެހެން ކަމުން ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެފައި ވާތީ ޖޭއެސްސީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސްއަކު އިންތިހާބު ކުރުމަށް ވޯޓްލައިފަ އެވެ.

އަރީފް ޖޭއެސްސީގެ ރައީސްއަކަށް އިންތިހާބުވީ ކިތައް ވޯޓުން ކަމެއް އަދި ނޭނގެ އެވެ.