ހަބަރު

މަސީހާ ދެކޮަޅަށް ސޮއި ކުރަން 32 މިލިއަން ރުފިޔާ ހުށަހެޅި: ފަލާހުު

Jul 11, 2017
12

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވުމަށް 32 މިލިއަން ރުފިޔާ އެ ފަރާތްތަކުން ހުށަހެޅި ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތުހުމަތު ކުރައްވައިފި އެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން 45 މެންބަރުން ހަމަ ކުރީ ކޮން ގޮތަކަށް ކަން ރައްޔިތުންނަށް އޮޅިފައި ނުވާ ކަމަށާއި އެގޮތުން ޕީޕިއެމްގެ ތެރެއިން 10 މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ޕެޓިޝާންގައި ސޮއި ކުރާ ނަމަ 32 މިލިއަން ރުފިޔާ ދޭން އިދިކޮޅު ފަރާތްތަކުން ފަލާހަށް ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ރިޝްވަަތު ހުށަހެޅީ ކާކު ކަމެއް ވިދާޅެއް ނުވެ އެވެ.

"އެ ލިޔުމުގައި ސޮއި ކުރާ މަތިން އަޅުގަނޑަށް އިދިކޮޅު ފަރާތްތަކުން 32 މިލިއަން ރުފިޔާ ހުށަހެޅި. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ ކާޑު ބަސްތާއަކަށް ހަދާފައެއް ނޫން. އަޅުގަނޑަށް ވެސް ވަރަށް ފަސޭހަ 32 މިލިއަން ރުފިޔާ ހޯދަން ގޮސް ގަނޑެއްގައި ސޮއިކޮށްލަން. އެހެންވީމަ އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތީ ލާރި ޕެޓިޝަނެކޭ ހުށަހަޅާގެން އޮތީ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ފައިސާ ހުށަހެޅި މައްސަލަ ކަމާ ބެހޭ ފަރާތްތަކާ އަންގާފައިވާނެ ކަމަށެވެ. އަދި ގައުމު ހަލަބޮލި ކުރުމަށް ފައިސާ ބަހަމުން އަންނަނީ ކޮން ބައެއްކަން ވަރަށް ސާފު ކަމަށާއި ގިނަ ފައިސާތަކެއް ދައުކަތަށް ދައްކަން ހުރި އިރު ސަރުކާރެއް ވައްޓާލުމަށްޓަކައި މަސައްކަތް ކުރަނީ ވެސް ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އެހެންކަމުން ޕީޕީއެމްއާ އެމްޑީއޭގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރަނި ގައުމު ސަލާމަތް ކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.

ރިޝްވަތު ހުށަހެޅި ކަމަށް ފަލާހު ވިދާޅުވެފައިވާ އިރު ފުލުހުން ވެސް ވަނީ މަސީހުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދެމުން އަންނަ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އަދި އޭގެ އެންމެ އިސްކޮށް ފާރިސް މައުމޫން އުޅުއްވާ ކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.