ވިޔަފާރި

ހޮލީވުޑް ޑައިިރެކްޓަރަކާއެކު ޕާޓާ އެކެޑަމީ ފަށަނީ

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރާ ކޭލީ ސެންޑިލޭންޑްސްއާއެކު މަޓާޓޯ އިން ޕެސިފިކް އެސޯއިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (ޕާޓާ) އެކެޑަމީ މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮންނާނެ އެވެ.

މަޓާޓޯ އިން ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްރީންކޮށް ޕްރޮމޯޓް ކުރުމުގެ އުކުޅުތައް އަންގައި ދިނުމަށް ފަށާ މި މަސައްކަތު ބައްދަލުވުމުގައި ތަމްރީން ދޭނީ ތައިލެންޑްގައި ހުންނަ ޕާޓާގެ ހެޑް އޮފީހުގެ ފަރާތުން އިސް ބޭފުޅުން ރާއްޖެ ގެނެސްގެންނެވެ.

"ދަ އާޓް އޮފް ސްޓޯރީޓެލިންގް" ގެ ނަމުގައި ބާއްވާ މި ޓްރެއިން ޕްރޮގްރާމުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބައިވެރިވާނެ އެވެ. މީގެތެރޭގައި ޓްރެވަލް ރައިޓަރުންނާއި ބްލޮގަރުން ހިމެނެ އެވެ. މި ޕްރޮގްރާމް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މަޓާޓޯއިން ދަނީ ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީން ކުރަން ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މީގެ އިތުރުން ކޮންމެ މަހަކު ވެސް ޓޫރިޒަމް ފެއާއެއްގައި ބައިވެރިވަމުންދެ އެވެ.