ހަބަރު

ގާސިމްގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި

Jul 12, 2017
2
ގާސިމް - އަފްޝީން ނަސީރު \ އަވަސް
0%
0%
0%

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗައް ދައުލަތުން އުފުލި ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އަލުން އެ މައްސަލަ ހުށަހަޅައިފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.

އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރިއްޔަތުގައި ގާސިމްގެ ވަކީލުން ވަނީ، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް ބާތިލް ކޮށްދިނުމަށް އެދި އިޖުރާއި މައްސަލައެއް ނަގައިފަ އެވެ. އެހެންކަމުން އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށް އެ ރޭ އިތުރު ޝަރިއްޔަތެއް ބޭއްވުމަށް ކޯޓުން ނިންމި ނަމަވެސް އެ ޝަރިއްޔަތަށް ޕީޖީގެ ވަކީލުން ހާޒިރުވެ ވަޑައިނުގަތުމުން ގާސިމްގެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ. އެކަމާ ގުޅިގެން ޕީޖީއިން ބުނެފައި ވަނީ ގާސިމްގެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ފަސްކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައި ވަނިކޮށް ކަމަށެވެ.

ގާސިމްގެ މައްސަލަ ބައްލަވައި ބެންޗްގައި ތިއްބެވީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސްގާޒީ ބާރީ އެވެ. ނަމަވެސް ގާސިމްގެ މައްސަލަ ބޭރުކޮށްލި ރޭ ބާރީ ވަނީ ޖުވެނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345