ހަބަރު

ސިއްރުން ހެކި ބަސް ނަގަނީ އަނިޔާވެރިވާން: ގާސިމް

ގާސިމް އިބްޜާހިމް:
0%
0%
0%

ސިއްރުން ހެކި ބަސް ނެގުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ އަނިޔާވެރި ވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ސިއްރު ހެކިތަކެއް ހުށަހެޅުމުން އެ ތިން ބޭފުޅުން ސިއްރު ހެކި ބަސް ނެގުމަށް އިއުތިރާޒު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އެ ޝަރީއަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމާއި އެހެންވެ ރާއްޖޭގައި ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ތާއީދު ކުރައްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެކަށް ނުވާތީ ސިއްރުން ހެކި ބަސް ނެގުމާމެދު އެމަނިކުފާނު އިއުތިރާޒް ކުރައްވާ ކަމަށެވެ.

ޖަރުމަނުގައި ދިރިއުޅުއްވާ ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރު ހެކި ދިނުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އެއާ ހިލާފަށް ގާނޫނެއް ވެސް ގަވައިދެއް ވެސް ނުހެދޭނެ ކަމަށެވެ.

"ވީމާ ސިއްރު ހެކި އެއީ ބާތިލް، އެއީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މިހާރު ވެސް ގާނޫނު އަސާސީގައި ވަނީ ޝަރީއަތް ހިންގަން ވާނީ ފާޅުކަން ބޮޑުކޮށް ހާމަކޮށް ކަމަށް ކަމަށާއި ޝަރީއަތްކޮށް ހުކުމް ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވައިދުތަކާ ހިލާފުނުވެ ހަދާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

"މިހެން މިކަން ވަނިކޮށް މިގޮތަށްތޯ މިހާރު ކަން ކުރަނީ، ނޫން! އެއާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ބޭނުންވެއްޖެނަމަ ހެކިން ސިއްރުކުރުމަށް ޝަރީއަތުގައި އެދެވޭނެ އެވެ. އަދި ހެކި ސިއްރު ހެކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްނަމަ ހެކި ސިއްރުކުރުމުގެ އަމުރު ގާޒީންނަށް ނެރުއްވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރިއިރު ގާސިމް ވެސް މަޖިލީހުގައި އިންނެވި އެވެ.

އެ ގާނޫނުގައި އެހެން އޮތުމުން ގިނަ މައްސަލަތަކެއްގައި ދައުލަތުން ދަނީ ހެކިން ސިއްރުކުރުމަށް އެދެމުންނެވެ. މުހިންމު ގިނަ މައްސަލަތަކެއްގައި ހުށަހަޅާ ސިއްރު ހެކީންގެ އަދަދު ގިނަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާރިޔާ

ގާސިމާ ކިހަބޮޑުއުދަގުލެއް ކަލެޔާހެދިގެން

ފަޅުވެރިން

މިފަދަ ފިތުނަވެރި ޒަމާނެއްގައި ސިއްރު ހެކި ނުނަގައި ފަރުޖެއްސޭކަށް ނޯންނާނެ. އެކަން ކުރަންޖެހެނީ ހެކިބަސް ދޭ މީހުންގެ ރައްކަލަށްޓަކައި! ހެކިބަސް ދޭ މީހުންނަށް ބިރުދެއްކުން ވަނީ ޢާންމުވެފައި. މިހެން ކަންތައް ހުރުމުން ބޮޑެތި ޖަރީމާ ހިންގާ ކޮންމެ މީހަކު ޤާނޫނުގައި ހުންނަ ބާގަނޑުތައް ބޭނުންކޮށްގެން ދެމިގަނެގެން ދަނީ! މިފަހުން ފުލުހުންގެ ތެރެއިން ލީކުވެގެންދިޔަ ލިޔުންތަކުންވެސް މިކަން އޮތްގޮތް އެބައެނގޭ! އެހެންވީމާ އެއީ މިޒަމާނަށް ކޮންމެހެން މުހިންމު ކަމެއް! އިސްލާމީ ޝަރީޢަތޭ ކިޔައިގެން މައުމޫން، ޢަބްދުﷲ ސަޢީދުމެން ދައްކާ ވާހަކަ ބަލައެއް ނުގަނެވޭނެ! އެމީހުން ހުތުރުވެގެންވާ ބަޣާވަތް ކުރަން އުޅުނީ އިސްލާމީ ޝަރީޢަތުގައި އެކަން ކުރަން ހުއްދަވީމަތަ؟ ތިޔަތިބީ ތިމާމެންގެ އަމިއްލަ އެދުމާ އެއްގޮތަށް ދީނުގެ ޙުކުމްތައް ބަދަލުކުރާ ފަހުޒަމާނުގެ ފިތުނަ ޝައިޚުން!! އިސްލާމީ ޝަރީޢަތުގައި ސުކޫތުކޮށް އޮންނަ ކޮންމެ ކަމަކީ އެއިރެއްގެ މަޞްލަޙަތަށް ބަލާފައި ކުރެވިދާނެ ކަމެއް!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345