ހަބަރު

ތިނަދޫގައި އާސަންދަ މަހާސިންތާ ފަށައިފި

Jul 13, 2017

ރާއްޖޭގެ ސިއްހީ ދާއިރާގައި ތިބި ފަރާތްތަކާއި އާންމުން އާސަންދައިގެ ހިދުމަތްތަކަށް އަހުލުވެރި ކުރަން ބާއްވާ މަހާސިންތާ ގދ. ތިނަދޫގައި ފަށައިފި އެވެ. މިއީ މިފަދަ ދެވަނަ މަހާސިންތާ އެވެ.

އެއް ދުވަހުގެ މި މަހާސިންތާގައި ގދ. އަތޮޅުގެ ނުވަ ރަށަކުން 81 ފަރާތެއް ބައިވެރިވެ އެވެ.

މަހާސިންތާގައި އާސަންދައިގެ އިތުރުން އެންސްޕާ އާއި އެމްއެންޑީއެފާއި އެސްޓިއޯ ފާމަސީއާއި އައިލެންޑް އޭވިއޭޝަނާއި ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގދ. އަތޮޅުގެ ސްކޫލްތަކާއި ޖަމިއްޔާތައް ބައިވެރިވެ އެވެ.