ވިޔަފާރި

ޓީޓީއެމް ޓޫރިޒަމް ކެރިއަ ފެއާއަށް 2،000 އަށްވުރެ ގިނަ މީހުން

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ވަޒީފާގެ ބާޒާރަށް ހާއްސަކޮށް ބޭއްވި ޓޫރިޒަމް ކެރިއަ ފެއާއަށް 2،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފި އެވެ.

ޓީޓީއެމް ބާއްވާ، މޯލްޑިވްސް ގެޓަވޭސްއިން ބުނީ މިރޭ އަށަކުން 11 އަށް ބޭއްވި ކެރިއަ ފެއާއަށް 2،000 އަށްވުރެ ގިނަ މީހުން ދިޔައިރު ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ކަމަށެވެ.

"ގާތްގަނޑަކަށް 45 ބޫތު ހުރިއިރު ގިނަ ބަޔަކު ޒިޔާރަތް ކުރިކަން ފާހަގަ ކުރެވޭ. އެހެންވެ މި ބަލަނީ އާ ޖޮބުތަކެއް ލިބިގެން ދިޔަ ކަމަށް،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ޓޫރިޒަމް ކެރިއަ ފެއާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ފެއާގައި 75 ރިސޯޓަކުން ބައިވެރިވެފައިވެ އެވެ.

ޓީޓީއެމް ފެއާގައި 100 އަށްވުރެ ރިސޯޓު/ ހޮޓާތަކާއި 150 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވެ އެވެ.
ޓީޓއެމް ފެއާ ބާއްވަނީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމަށެވެ.