ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަން ބާއްވައިފި

ޓްރެވަލް އެޖެންޓުން ޖަމިއްޔާ، މަޓާޓޯގެ "މޯލްޑިވްސް ޓްރެވަލް އެވޯޑު 2017" ގެ ޕީޕަލްސް އެޑިޝަން ރޭ ބާއްވައިފި އެވެ.

އަދާރަން ހުދުރަން ފުށީގައި ބޭއްވި މޯލްޑިވްސް ޓްރެވަލް އެވާރޑްސް ޕީޕަލްސް އެޑިޝަންގައި ޓޫރިޒަމް ދާއިރާއަށް ހިދުމަތްކުރާ މީހުންގެ އަގު ވަޒަންކޮށް ވަނަތައް ދީފައިވެ އެވެ.

"ޓޫރިޒަމް ޕާސަނަލަޓީ އޮފް ދި އިޔާ" ހޮވައި 10 މީހަކަށް އެވޯޑު ވަނީ ދީފަ އެވެ. މިގޮތުން އެވޯޑުތައް ލިބުނު މީހުންގެ ތެރޭގައި ކެޕިޓަލް ޓްރެވަލް ޔޫސުފު ރިފްއަތާއި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ޝިޒޯލާ އާއި ވިލާ ހޮޓެލްސް ޑިރެކްޓަރު އޮފް މާކެޓިން އެންޑް ސޭލްސް އަލީ ރަޝީދުގެ އިތުރުން މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްސީ އާއި މޫކައި ހޮޓެލްސް އެންޑް މޫކައި ސުއިޓްސްގެ އިބްރާހިމް އަލީ (ޑޮން) ހިމެނި ވަޑައި ގަންނަވަ އެވެ. މީގެ އިތުރުން ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި ޕެރެޑައިސްގެ ޖީއެމް ގައިސަރު ނަސީމް އާއި ވަން އެންޑް އޮންލީ ރިސޯޓުގެ ޑިރެކްޓަރު އޮފް ފައިނޭންސް ރާސާގެ އިތުރުން މަޝްހޫރު ޑައިވަރު އަދި މި ދާއިރާއިން މިހުން ތަމްރީން ކުރުމުގައި މަސައްކަތް ކުރައްވާ ހުސައިން ރަޝީދު (ސެންޑީ) އާއި ޓާކިޝް އެއާލައިންސްގެ އާމިނަތު މަމްޝޫގާ (މަމް) ހިމެނިވަޑައިގަންނަ އެވެ.

"މޯލްޑިވްސް ޓްރެވަލް އެވޯޑްސް" އަކީ ޓޫރިޒަމް ދާއިރާގައި މިހާރުދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.